08/04/2026
އަލްްޙަމްދުލިﷲ ... ވަރަށް ބޮޑަށް ޝުކުރިއްޔާ އޭދަފުށި ރައްޔިތުން!
ފަަހުގެ ތާރީޚުގައި އޭދަފުށިން އެއް ކެންޑިޑޭޓަކަށް ލިބިފައިވާ އެންމެ ގިނަ ވޯޓާއެކު (1238 ވޯޓު)، ވޯޓް ލީ މީހުންގެ 67 ޕަސެންޓް ތާއީދު އަޅުގަނޑަށް ތިޔަބޭފުޅުން ދެއްވާފައިވާކަމުން ދޭހަވަނީ ތިޔަ ބޭފުޅުން އަޅުގަނޑަށް ކުރެއްވި އިތުބާރާއި ހެޔޮ ބަދަލެއް ގެނައުމަށް ކުރެއްވި އުންމީދުކަން ޔަޤީނެވެ.
މިފުރުސަތުގައި އަޅުގަނޑަށް ވޯޓް ދެއްވި ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ލޯތްބާއެކު ޝުކުރު ދަންނަވަމެވެ. الله ގެ އިރާދަފުޅުން، މިކެމްޕޭން އަޅުގަނޑު ނިންމާލީ އަޅުގަނޑާއި ވާދަކުރެއްވި ކެންޑިޑޭޓަށާއި، އެހެން ކެންޑިޑޭޓަކަށްވެސް ބަދުބަހެއް ނުބުނެ، އެންޓިކެމްޕޭން ކުރުމުގެ އެއްވެސް ޢަމަލެއް ނުހިންގައި، ރިޝްވަތުގެ ގޮތުގައި އެންމެ ރުފިޔާއެއްވެސް ޚަރަދު ނުކޮށެވެ.
މިކާމިޔާބީއަކީ އަޅުގަނޑު ދެކެ އިންތިހާއަށް ލޯބިވާ އަޅުގަނޑުގެ އާއިލާއާއި ، ގާތް ރަޙުމަތްތެރިންނާއި އަޅުގަނޑަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުން، އަދި ވަކިން ޚާއްޞަކޮށް އޭދަފުށީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ދެއްވި ލޯތްބާއި އެހީތެރިކަމުގެ ނަތީޖާއެވެ. އިރާދަކުރެއްވިއްޔާ، ތިޔަ ދެއްވި ތާއީދުގެ ނަތީޖާ ފޮނިވާނެއެވެ.