15/07/2026
⭐️ވަޒީފާއިން ރިޓަޔާވުން⭐️
ޢަބުދުއް ލަޠީފު ހުސައިން ( އަތިރީގެ، ލ. ކުނަހަންދޫ) މިއަދު މިވަނީ އަޅުގަނޑުމެން މަރުކަޒަށް 19 އަހަރު ދުވަހު ޚިދުމަތް ކޮށްދެއްވާ މަޤާމުން ރިޓަޔާ ވެފައެވެ. ޢަބުދުއް ލަޠީފަކީ މި މަރުކަޒަށް ބޭނުންތެރި ދަނޑިވަޅު ތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސްނުޖެހި އިޖާބަދެއްވި މުވައްޒަފެކެވެ.
ޢަބުދުއް ލަޠީފު ހުސައިން މި މަރުކަޒަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ވޮޗަރގެ މަޤާމުގައެވެ. ޕޭ ފްރޭމް ވޯރކަށް އައި ބަދަލާއެކު ޙެލްތު ކެއަރ އެޓެންޑެންޓަކަށް މަޤާމު ބަދަލު ވެގެން ދިޔައެވެ. މިއީ އަޅުގަނޑުމެން އަބަދުމެ ހަނދާންކުރާނެ މޫނެކެވެ. ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތް ތަކަށް ، ކުނަހަންދޫ ޞިއްޙީމަރުކަޒުގެ އެންމެހާ މުވައްޒަފުންގެ ނަމުގައި ނުހަނު އިޙްލާސްތެރި ޝުކުރެއްދަންނަވަމެވެ. ހަމަ އެހެންމެ، ބާއްޖަވެރި އަދި އުފާވެރި ފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ.