15/06/2026
2026 ވަނަ އަހަރުގެ ފެބުރުވަރީ/މާރިޗު މަހު ބޭއްވުނު އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުން، މުޅި ދިވެހިރާއްޖޭގެ ގަދަ 10 އެއްގެ 5 ވަނަ ހާސިލުކޮށް، ޢާލިމާ ބިންތް މުޙައްމަދު އިކްރާމް ހޯދި މަތިވެރި ކާމިޔާބީއަކީ މުޅި ފޯކައިދޫ ފަޚުރުވެރިވާ ފަދަ ނަމޫނާ ކާމިޔާބީއެކެވެ.
މި ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން، ފޯކައިދޫ ކައުންސިލުން ވަނީ ޢާލިމާއަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ބައްދަލުވުމުގައި ޢާލިމާގެ ޢާއިލާއާ ބައްދަލުކޮށް، ކައުންސިލްގެ ފަރާތުން ވަނީ މުސްތަޤުބަލުގައި އިތުރު ކާމިޔާބީތަކަށް ވާޞިލުވުމަށް ހިތްވަރުދީ މަރުޙަބާ ދަންނަވާފައެވެ.
ޢާލިމާގެ މި ކާމިޔާބީގައި ހިއްސާވި އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ބެލެނިވެރިންނަށާއި މުދައްރިސުންނަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަމެވެ. ޢާލިމާއަށް އުޖާލާ މުސްތަޤުބަލަކަށް އެދެމެވެ! 🎓✨
Ministry of Education, Higher Education and Skills Development
Local Government Authority