25/04/2026
ޑެންގޫ ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން. މި ބަލި ކޮންޓްރޯލް ކުރުމަށް އެންމެ މުހިއްމު އެއް ކަމަކީ މަދިރި ކޮންޓްރޯލް ކުރުން. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން ކުޅުދުއްފުށީ ޑެންގޫ ޓާސްކްފޯސް އެކްޓިވޭޓް ކުރެވި މިހާރު ދަނީ މުވައްސަސާތަކުގެ ފެންވަރުގައި މަދިރި ކޮންޓްރޯލް ކުރުމުގެ އެކި އެކި ހަރަކާތްތައް ހިންގެމުން. މި ބަލި ކޮންޓްރޯލް ކުރުމަށް އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިވަގުތު ވަރަށް ބޮޑަށް ބޭނުންވޭ. ތިމާ ދިރި އުޅޭ ގޯއްޗާއި އަދި ބެލުމުގެ ދަށުގައިވާ ފަޅުގޯތި ފަދަ ތަންތަން މަދިރި އުފެދި އާލާވުމުން ރައްކާތެރި ކުރަމާތޯ
ރައްކާވެ ތިބިއްޔާ ދަތުރެއް
Ministry of Health HPA - Maldives