22/08/2025
މިއީ، ގައްދޫ ކައުންސިލްގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައިވާ ރަޢްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށާއި، ކައުންސިލްގެ މަސްޢޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ޓަކައި ޤާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 70 ވަނަ މާއްދާގެ (ރ) އާއި، (ބ) އާއި، 1-70 ވަނަ މާއްދާއާއި، ޤަވާޢިދު ނަންބަރު 2021-49 (ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ޤަވާޢިދު) ގެ ދަށުން މިކައުންސިލްގެ ހިއްސާއާއިއެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި، 2025 އޮގަސްޓް 21 ވަނަ ދުވަހު 'ގދ.ގައްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް' (C22012025) ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުޏެކެވެ.
ގދ.ގައްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަކީ؛ ކުރީގެ ކައުންސިލް ނައިބް ރައީސް، ގދ.ގައްދޫ، ވެސްޓް ބީޗް މުޙައްމަދު ޝުޖާޢުއެވެ. އައްޔަން ކުރެވިފައިވަނީ 2025 ޖުލައި 19 ވަނަ ދުވަހުއެވެ.
ގދ.ގައްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ކޮމްޕެނީ ސެކެޓްރީއަކީ: މިހާރުގެ ކައުންސިލް ސެކެޓްރީ ޖެނެރަލް، ގދ.ގައްދޫ، ޖަނބުރޯޒުގަސްދޮށުގެ ފާޠިމަތު ރުކްޝާނާގައެވެ.
ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ މެނޭޖިންގް ޑިރެކްޓަރުގެ އިތުރުން ދެބޯޑު ޑިރެކްޓަރުންގެ މައްޗަށެވެ. އެއީ؛
އަމިއްލަ މެންބަރ؛ ގދ.ގައްދޫ، މުޝްތަރީގެ އަޙްމަދު ޔަމީން އާއި
ކައުންސިލް މެންބަރު؛ ގދ.ތިނަދޫ، ބީޗް ހައުސް ޢަލީ ޝަރީފުގެ މައްޗަށެވެ.
Gdh.Gadhdhoo LAC Ltd.