Secretariat of The Kolhumadulu Kinbidhoo Council

Secretariat of The Kolhumadulu Kinbidhoo Council Official page of Secretariat of the Kolhumadulu Kinbidhoo Council, Kolhumadulu Atoll, Rep of Maldives

5 އަހަރު ދުވަހުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮ...
23/06/2026

5 އަހަރު ދުވަހުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގަސް ނާސަރީތައް ގާއިމުކުރުމަށްޓަކައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި 10 ރަށެއްގެ ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިޔަާތުގެ ތެރެއިން.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ނާސަރީތައް ބިނާކުރުމަށް ހަމަޖެހިފައިވާ 10 ރަށުގެ ތެރޭގައި ތ. ކިނބިދޫ ހިމެނެއެވެ.

Ministry of Climate Change, Environment and Energy, Maldives

23/06/2026

ޖަމިއްޔަތުއްސަލަފާއި އ.ތ.މ ކޮމިޓީއާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ދީނީ ހޭލުންތެރިކަމިގެ ޕްރޮޤްރާމްގެ ޝެޑިއުލް..

ކިނބިދޫ ކައުންސިލްގެ މެންބަރުންގެ މެދުގައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ކަނޑައެޅުން. ކިނބިދޫ ކައުންސިލްގެ އިދާރީ ހިން...
11/06/2026

ކިނބިދޫ ކައުންސިލްގެ މެންބަރުންގެ މެދުގައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ކަނޑައެޅުން.

ކިނބިދޫ ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި، ކައުންސިލް މެންބަރުންގެ މެދުގައި މަސްއޫލިއްޔަތުތައް ބަހާލާފައިވާ ގޮތް ތިރީގައި އެވަނީއެވެ. މިގޮތަށް މަސައްކަތްތައް ބަހާލުމުގެ މައިގަނޑު މަގުސަދަކީ ކައުންސިލްގެ ޒިންމާތައް އެންމެ ފައިދާހުރި ގޮތެއްގައި ތަންފީޒުކޮށް، މަސައްކަތްތައް ގާތުން ބަލަހައްޓައި ރައްޔިތުންނަށް އެންމް މޮޅު ގޮތް ހޯދައިދިނިމެވެ.
ވަކިވަކި މެންބަރުންނާ ދާއިރާތަކެއް ހަވާލުކުރެވިފައި ވީނަމަވެސް، ކައުންސިލްގެ ހުރިހާ މުހިންމު ނިންމުންތަކެއް ނިންމާނީ ލާމަރުކަޒީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކައުންސިލްގެ މަޝްވަރާގެ މަތިންނެވެ.

ކިނބިދޫ ޕޮލިސް ސްޓޭޝަނާއި، ކިނބިދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިއަދު ބޭއްވުނު...
09/06/2026

ކިނބިދޫ ޕޮލިސް ސްޓޭޝަނާއި، ކިނބިދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.

މި ބައްދަލުވުމުގައި 3 މުއައްސަސާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންނާއި،، ރަށުގެ ތަރައްގީއާއި ހަމަޖެހުމަށްޓަކައި 3 މުއައްސަސާގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވަނީ މުހިއްމު މަޝްވަރާތަކެއް ކުރެވިފައެވެ.

ފުލުހުންގެ ޓީމުން ކުރެއްވި މި ޒިޔާރަތަށާއި، ދެއްވި އަގުހުރި އިރުޝާދުތަކާއި މަޝްވަރާތަކަށްޓަކައި އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

މި 100 ދުވަހުގެ ޕްލޭނަކީ ކިނބިދޫ ކައުންސިލުން އެންމެ އިސްކަންދޭނެ ކަންތައްތަކާއި، ވެފައިވާ ވައުދުތައް ތަންފީޒުކުރުމަށް އ...
08/06/2026

މި 100 ދުވަހުގެ ޕްލޭނަކީ ކިނބިދޫ ކައުންސިލުން އެންމެ އިސްކަންދޭނެ ކަންތައްތަކާއި، ވެފައިވާ ވައުދުތައް ތަންފީޒުކުރުމަށް އެކުލަވާލާފައިވާ މަގުޗާޓެކެވެ.

މި ޕްލޭން އާންމުކުރުމުގެ މައިގަނޑު މަގުސަދަކީ ކައުންސިލްގެ މަސައްކަތްތަކަކީ ދެފުށް ފެންނަ، ޒިންމާދާރު، އަދި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ކަންކަމަށް ހެދުމެވެ. މީގެ ސަބަބުން، ކައުންސިލުން މިހާރު ކުރަމުންދާ މަސައްކަތްތައް ދެނެގަތުމަށާއި، ކަންކަން ކުރިއަށްދާ މިންވަރު ބެލުމަށާއި، ވަކިވަކި ދާއިރާތަކުން މައުލޫމާތު ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި ކައުންސިލުން ވެފައިވާ ވައުދުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކޮށް، ކައުންސިލް ޖަވާބުދާރީ ކުރުވުމުގެ ބާރުވެސް ރައްޔިތުންނަށް ލިބިގެންދާނެއެވެ.

ދެންނެވުން.
05/06/2026

ދެންނެވުން.

Address

Secretariat Of Kinbidhoo Council
Th. Kinbidhoo
14120

Opening Hours

Monday 08:00 - 14:00
Tuesday 08:00 - 14:00

Telephone

+9606780031

Website

Alerts

Be the first to know and let us send you an email when Secretariat of The Kolhumadulu Kinbidhoo Council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Secretariat of The Kolhumadulu Kinbidhoo Council:

Share