Addu City Police

Addu City Police Welcome to the official page of the Addu City Police. Please do not report crime here.

2026 ޖޫން 12 ވަނަ ދުވަހު ސ.ހިތަދޫ Flat 5-G-03 އިން ވައްކަން ކޮށްފައިވާ ކަމަށް ހިތަދޫ ޕޮލިސް އަށް ހުށަހެޅިފައިވާ މައްސަލަ...
13/06/2026

2026 ޖޫން 12 ވަނަ ދުވަހު ސ.ހިތަދޫ Flat 5-G-03 އިން ވައްކަން ކޮށްފައިވާ ކަމަށް ހިތަދޫ ޕޮލިސް އަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން 35 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފްލެޓުން ވަގަށް ނަގާފައިވާ Redmi Note 135G ފޯނާއި ސިމް ކާޑް ވަނީ ހޯދާފައެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން، މައްސަލަ އަންނަނީ ތަހްޤީޤް ކުރެވެމުންނެވެ.

ތިރީގައިވާ ފޮޓޯގައިވާ މަލިކުރުވާ ގަސް ޕޮޓަކީ ސ،ފޭދޫ ގެއަކުން  މީހަކު ވަގަށް ނަގާފައިވާ ގަހެއްކަމަށް ފުލުހުންނަށް ބެލެވޭތ...
11/06/2026

ތިރީގައިވާ ފޮޓޯގައިވާ މަލިކުރުވާ ގަސް ޕޮޓަކީ ސ،ފޭދޫ ގެއަކުން މީހަކު ވަގަށް ނަގާފައިވާ ގަހެއްކަމަށް ފުލުހުންނަށް ބެލެވޭތީ އައްޑޫ ސިޓީ، ގަން ޕޮލިހަށް ގެނެވިފައިވާ ގަހެކެވެ. މި ގަހުގެ ވެރިފަރާތުން ކޯލް ސެންޓަރު ނަމްބަރ 125 އަށް ގުޅުއްވައި، މި ގަސް ގެންދެވުން އެދެމެވެ.

11/06/2026
2026ޖޫން 7 އާއި 9 ވަނަ ދުވަހު، އައްޑޫ ސިޓީ ގަން ޕޮލިހުން އިސްނަގައިގެން ސ. ފޭދޫ، ސ. މަރަދޫފޭދޫ އަދި ސ. މަރަދޫގެ ކައުންސި...
09/06/2026

2026ޖޫން 7 އާއި 9 ވަނަ ދުވަހު، އައްޑޫ ސިޓީ ގަން ޕޮލިހުން އިސްނަގައިގެން ސ. ފޭދޫ، ސ. މަރަދޫފޭދޫ އަދި ސ. މަރަދޫގެ ކައުންސިލަރުންނާއި އަވަށު އޮފީސްތަކުގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.

ކަމާގުޅޭ އަވަށު އޮފީސްތަކުގައި ބޭއްވުނު މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ، ގަން ޕޮލިހުގެ އިޙްތިސާސްގައި ހިމެނޭ ދާއިރާތަކަށް އަލަށް އިންތިޚާބުވި ކައުންސިލަރުންނަށް މަރުޙަބާ ދެންނެވުމާއި، ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރުމެވެ.

މި ބައްދަލުވުންތަކުގައި، ގަން ޕޮލިހުން ބަލަހައްޓާ ސަރަޙައްދުތަކުގެ މަޢުލޫމާތާއި، މި ސަރަޙައްދުތަކުގައި ފުލުހުންގެ މަސައްކަތްތައް ރޭވިފައިވާ އުޞޫލުތަކާއި، ލިބިފައިވާ ވަސީލަތްތަކުގެ މަޢުލޫމާތު ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، މި އަހަރުގެ ޖެނުއަރީއިން ފެށިގެން މެއި މަހުގެ ނިޔަލަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކާއި، މިހާތަނަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތުވެސް ޙިއްސާކުރެވުނެވެ.
ހަމައެއާއެކު، މި ތިން އަވަށުގައި ފާހަގަކުރެވޭ އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުވާލައި، ކުށްމަދު އަމާން މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކައުންސިލްތަކާއި ފުލުހުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރެވުނެވެ.

ސ.ހިތަދޫ / ލާމިޔާގެއާގެ އަކީ 08 ޖޫން 2026 އިން ފެށިގެން 06 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ ނިޔަލަށް 90 ދުވަހުގެ މުއްދަތަށ...
09/06/2026

ސ.ހިތަދޫ / ލާމިޔާގެއާގެ އަކީ 08 ޖޫން 2026 އިން ފެށިގެން 06 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ ނިޔަލަށް 90 ދުވަހުގެ މުއްދަތަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓްގެ އަމުރުގެ ދަށުން ބަންދު ކުރެވިފައިވާ ގެއެކެވެ. މި ގެ ބަންދު ކުރެވިފައިވަނީ މިގެއަކީ ވައްކަމާއި ފޭރުން އަދި އަދި މަސްތުވާތަކެތި ބޭނުން ކުރުންފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން އެ ބޭނުމުގައި މިގޭގައި އުޅުމާއި، އާއްމުންނަށް މިކަމުގެ ސަބަބުން އުދަގޫތަކެއް ފޯރާކަމަށް ދިވެހި ފުލުހުންގެ ޙިދުމަތަށް އެކިފަހަރުމަތިން ޝަކުވާ ހުށަހެޅިފައިވުމުން މިކަމަށް ހައްލެއް ގެނެސްދިނުމުގެ ބޭނުމުގައެވެ.
ކޯޓް އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނިކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައަކާއި ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އެޅޭނެ އެއްމެ ހަރުކަށި ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.

އައްޑޫ  ސިޓީ  ގަން  ޕޮލިހުން ބަލަހައްޓަމުން  ގެންދާ  ރަށްތަކުގެ  ކެފޭ  / ރެސްޓޯރެންޓްތަކަށް ޚާއްސަކޮށްގެން ހޭލުންތެރި ކު...
07/06/2026

އައްޑޫ ސިޓީ ގަން ޕޮލިހުން ބަލަހައްޓަމުން ގެންދާ ރަށްތަކުގެ ކެފޭ / ރެސްޓޯރެންޓްތަކަށް ޚާއްސަކޮށްގެން ހޭލުންތެރި ކުރުމުގެ ހަރަކާތެއް ސ.ގަން ޕޮލިސް ރެސްޕޯންސް އެންޑް ޕެޓްރޯލް ޝިފްޓް އޭ އިން ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތުގައި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ޚިދުމަތްދެމުންދާ ބައެއް ކެފޭ / ރެސްޓޯރެންތަކަށް ފުލުހުން ޒިޔާރަތް ކޮށްފައިވެއެވެ.

މި ހަރަކާތަކީ ވިޔަފާރި ކުރާ ފަރާތްތަކާ ގާތްގުޅުމެއް ބާއްވައި، ހޭލުންތެރި ކުރުވުމުގެގޮތުން ހިންގުނު ހަރަކާތެކެވެ.

އެގޮތުން ސީސީޓީވީ ކެމެރާ ކެފޭ / ރެސްޓޯރެންތަކު ގައި ހަރުކުރުމުގެ މުހިންމުކަމާއި، ފޭކް ސްލިޕް ފޮނުވާ ފަރާތްތަކާއި މެދު ސަމާލުވުމަށާއި، ފޭކް ސްލިޕް ދެނެގަންނާނެގޮތުގެ މަޢުލޫމާތު ޙިއްސާކޮށްފައިވެއެވެ. އަދި ޚާއްސަކޮށް ވައްކަން ކުރާ ފަރާތްތަކާއިމެދު ސަމާލުވުމަށް ކުރެވިދާނެ ކަމާއިބެހޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައި ވެއެވެ.

އެގޮތުން މިހާރު އާއްމު ވަމުން އަންނަށް ފުރޯޑް ކޯލްތަކާއި، ބޭންކް ސްލިޕް އާއި މެދު ޙާއްސަ ސަމާލުކަމެއްދީ އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީން ކުރުމަށްފަހު ނޫނީ ޚިދުމަތް ނުދިނުމަށް މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، ސ.ގަން ޕޮލިސްގެ ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން އެފަރާތްތަކުގެ ޚިޔާލު ހޯދިފައިވެއެވެ.

💙 ސ.ގަން ޕޮލިސް އަވަށްތެރި ފުލުހުން

ތިރީގައިވާ ފޮޓޯގައިވާ ފަހާފޮއްޓަކީ އައްޑޫ ސިޓީ،ސ.މަރަދޫއިން  ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެއްޗަކަށްވާތީ 1 ޖޫން 2026 ...
02/06/2026

ތިރީގައިވާ ފޮޓޯގައިވާ ފަހާފޮއްޓަކީ އައްޑޫ ސިޓީ،ސ.މަރަދޫއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެއްޗަކަށްވާތީ 1 ޖޫން 2026 ވަނަ ދުވަހު އައްޑޫ ސިޓީ، ގަން ޕޮލިހަށް ގެނެވިފައިވާ އެއްޗެކެވެ. ވެރިފަރާތުން ކޯލް ސެންޓަރުގެ ނަމްބަރު 125 އަށް ގުޅުއްވައި، މި ފަހާފޮށި ގެންދެވުން އެދެމެވެ.
އަދިހަމަ: ތަކެތި ވެރި ފަރާތާއި ހާވާލުކުރެވިފައި

02/06/2026

ބަހަށް ތަންދެއްވާ!






Maldives Police Service

Allied Insurance Company
Honda Maldives
Maldives Transport and Contracting Company Plc
Avas App
Ooredoo Maldives

1447 ވަނަ އަހަރުގެ އަޟުޙާޢީދު ފާހަގަކުރުމަށް އައްޑޫ ސިޓީގެ ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ ގައި ބޭއްވުނު ކުޑަކުދިންގެ ހަވީރ...
31/05/2026

1447 ވަނަ އަހަރުގެ އަޟުޙާޢީދު ފާހަގަކުރުމަށް އައްޑޫ ސިޓީގެ ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ ގައި ބޭއްވުނު ކުޑަކުދިންގެ ހަވީރުތަކުގައި ސ.ގަން ޕޮލިސް އިން ބައިވެރި ވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލް އަވަށު އޮފީސް ތަކާއި އަދި އައްޑޫ އީދިސަމާ ކޮމެޓީ ގުޅިގެން ބޭއްވުނު ކުޑަކުދިންގެ މި ހަވީރު ތަކުގައި ގަން ޕޮލިސްއިން ސްޓޯލް ބަހައްޓާފައިވެއެވެ.
މި ސްޓޯލްތަކުގައި ފުލުހުންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުމާއި، ފުލުހުންގެ ކާރު އަދި ސައިކަލުގައި ކުޑަކުދިނަށް ފޮޓޯ ނެގުމުގެ ފުރުޞަތު ދީފައިވެއެވެ އަދި ފޭސް ޕެއިންޓް ކުރުމުގެ އިތުރުން، މި ސްޓޯލްތަކަށް ޒިޔާރަތްކުރި ކުޑަކުދިންނަށް ޢީދު ހަދިޔާ ބަހާފައި ވެއެވެ. މި ސްޓޯލްތަކަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ޒިޔާރަތްކޮށް އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައިވެއެވެ.

💙 ސ.ގަން ޕޮލިސް އަވަށްޓެރި ފުލުހުންއައްޑޫ  ސިޓީ  ގަން  ޕޮލިސްއިން  ބަލަހައްޓަމުން  ގެންދާ  ރަށްތަކުގެ  ވިޔަފާރިތަކަށް ޚާ...
28/05/2026

💙 ސ.ގަން ޕޮލިސް އަވަށްޓެރި ފުލުހުން

އައްޑޫ ސިޓީ ގަން ޕޮލިސްއިން ބަލަހައްޓަމުން ގެންދާ ރަށްތަކުގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ހޭލުންތެރި ކުރުމުގެ ހަރަކާތެއް ސ.ގަން ޕޮލިސް ރެސްޕޯންސް އެންޑް ޕެޓްރޯލް ޝިފްޓް އޭ އިން ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތުގައި 3 ރަށުގައި ޚިދުމަތްދެމުންދާ ފިހާރަތަކަށް ފުލުހުން ޒިޔާރަތް ކޮށްފައިވެއެވެ.
އެގޮތުން ސީސީޓީވީ ކެމެރާ ނެތް ފިހާރަތަކުގައި ކެމެރާ ހަރުކުރުމުގެ މުހިންމުކަމާއި، ފޭކް ސްލިޕް ފޮނުވާ ފަރާތްތަކާއި މެދު ސަމާލުވުމަށާއި، ފޭކް ސްލިޕް ދެނެގަންނާނެގޮތުގެ މަޢުލޫމާތު ޙިއްސާކޮށްފައިވެއެވެ. އަދި ޚާއްސަކޮށް ވައްކަން ކުރާ ފަރާތްތަކާއިމެދު ސަމާލުވުމަށް ކުރެވިދާނެ ކަންކަން ހިއްސާކޮށްފައި ވެއެވެ.

މީގެ އިތުރުން، ސ.ގަން ޕޮލިސްގެ ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން އެފަރާތްތަކުގެ ޚިޔާލު ހޯދިފައިވެއެވެ.

#ސ.ގަންޕޮލިސް

Address

Shamsudheen Bodu Fandiyaaru Thakurufaanu Magu, Addu City
Hithadhoo

Alerts

Be the first to know and let us send you an email when Addu City Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category