17/01/2024
ހދ. ނައިވާދޫ ޒުވާނުން އިސްނަގައިގެން އައްވާބީން މިސްކިތުގައި ތްރީފޭސް ކަރަންޓް އެޅުމަށް ފަހު ވަނީ އޭސީ ކޮށްފައި... އޭސީތައް ހަރުކުރުމުގެ މަސައްކަތް ނިންމާ ރަސްމީކޮށް ނައިވާދޫ ކައުންސިލް އާ މިއަދު ވަނީ ހަވާލުކޮށްފައި.. މި ފަދަ ކަންތައްތައް ޒުވާނުންގެ އިސްނެގުމާއެކު ކުރެވިގެން ދިއުމަކީ މި ކައުންސިލުން ވަރަށް ބޮޑަށް ބަލައިގަނެ ފާހަގަ ކުރާކަމެއް.
މި ފުރުސަތުގައި މިކަމުގައި އިސްކޮށް އުޅުނު ހުރިހާ ފަރާތްތަކަށް އަދި އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް ނައިވާދޫގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި އަދި ކައުންސިލް ގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން... ޝުކުރިއްޔާ
17/01/2024