State Electric Company Limited

State Electric Company Limited The official page of State Electric Company Limited, Maldives. In 1997, “State Electric Company” STELCO, was formed.

The Company emerged from modest beginnings in 1949 with an installed capacity of only 14 kW and providing electricity to just the residences in Male’. Over the past five decades, the Company operated as a Government Department under different names such as “Department of Electricity” and “Maldives Electricity Board”. Initially, the number of customers were around 50 houses in Male’. Today the tota

l number of customers has increased to 37,660 in Male’ and 14,462 customers in different islands (as of June 2016). Working with our customers to correct any problems and taking actions to ensure that the problems do not recur. In all instances, striving to be honest, friendly, and courteous, and valuing all customers equally. Making certain that failures in our services are rectified as soon as they are brought to our attention. Giving utmost importance to treating personal information with the strictest confidentiality.

15/06/2026

ހިޖުރީ އައު އަހަރުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. މި އަހަރަކީ އުފާވެރި، ކާމިޔާބު އަހަރެއްކަމުގައި ލައްވާށި. އާމީން.

14/06/2026

ދުނިޔޭގެ ލޭ ހަދިޔާކުރާ ދަރުމަވެރިންގެ ދުވަހުގެ ތަހުނިޔާ ލޭ ހަދިޔާކުރެއްވުމުގެ އިންސާނީ ޚިދުމަތުގައި ދެމިތިއްބެވި އެންމެހައި ބޭފުޅުންނަށް އަރިސްކުރަން. ތިޔަ ޚިދުމަތް އަޅުގަނޑުމެން ބަލައިގަންނަނީ ލޯތްބާއި ސާބަހާއިއެކު.

11/06/2026

މިރޭ ފަށާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފޯރި ފާހަގަކުރުމަށް، މި ކުންފުނީގެ ގިނަ މުވައްޒަފުން މިއަދު އޮފީހަށް އައިސްފައިވަނީ އެ މުވައްޒަފުން ސަޕޯޓްކުރާ ޓީމުތަކުގެ ކުލަތަކުގައި. މިފަދަ ޙަރަކާތްތަކަކީ މުވައްޒަފުންގެ ރޫޙާއި ގުޅުން ވަރުގަދަކޮށް ބަދަހިކުރުމަށް ލިބޭ ފުރުޞަތެއް.
#ވޯލްޑްކަޕް2026 #ބޯޅަފޯރި #ޓީމްސްޓެލްކޯ.

ދިވެހި ރައްޔިތުންނަށް ހިލޭ ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ޕީއެސްއެމް މެދުވެރިކޮށް ކުރި...
11/06/2026

ދިވެހި ރައްޔިތުންނަށް ހިލޭ ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ޕީއެސްއެމް މެދުވެރިކޮށް ކުރިއަށްގެންދާ މަސައްކަތުގައި ބައިވެރިވުމަށް، މިކުންފުނިން މިއަދު ވަނީ ޕީއެސްއެމްއާއެކު ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައި. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަކީބް. ރައްޔިތުންނަށް ފައިދާއާއި ލާބަހުރި މިފަދަ އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމަކީ މި ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

11/06/2026

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން.

އިޚުލާސްތެރިކަމާއެކު 37 އަހަރާއި 7 މަސްދުވަހު ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި އަލްފާޟިލް މުޙައްމަދު އިބްރާހީމް ވަނީ ޝަރަ...
09/06/2026

އިޚުލާސްތެރިކަމާއެކު 37 އަހަރާއި 7 މަސްދުވަހު ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި އަލްފާޟިލް މުޙައްމަދު އިބްރާހީމް ވަނީ ޝަރަފްވެރިކަމާއައެކު ރިޓަޔަރކުރައްވާފައި. މިވަގުތު މުޙައްމަދު އިބްރާހިމްގެ ބަލި ހާލަތު ހުރިގޮތުން، ކުންފުނީގެ ރިޓަޔަރމަންޓް ހަފްލާގައި ބައިވެރިވެވަޑައިގެންނެވެން ނެތުމާއި ގުޅިގެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ވަނީ މުޙައްމަދު އިބްރާހިމްގެ ގެއަށް ޒިޔާރަތްކުރައްވާ، ކުންފުނީގެ ހިދުމަތުގައި ހޭދަ ކުރެއްވި ދިގު މުއްދަތުގައި ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރައްވާ ޝުކުރު ދަންނަވާފައި. މުޙައްމަދު އިބްރާހީމް ރިޓަރ ކުރެއްވިއިރު ހުންނެވީ މި ކުންފުނީގެ އިންވެންޓްރީ މެނޭޖްމަންޓް ޔުނިޓްގެ ސަރވިސް މެނޭޖަރގެ މަޤާމުގައި. އަޅުގަނޑުމެން އެދެނީ މުޙައްމަދު އިބްރާހީމަށް ސަލާމަތް ސިއްޙަތަކަށާއި، ބާއްޖަވެރި އަދި އުފާފާގަތި ދުވަސްތަކަކަށް.

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
04/06/2026

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

އީދު ހަވީރުގެ ދެވަނަ ދުވަހުވެސް މި ކުންފުނީގެ ސްޓޯލްތަކުގައި ކުރިއަށް ގެންދާ ކުޅިވަރުތަކާއި، ހަރަކާތްތަކަށް  އާންމުންގެ ...
28/05/2026

އީދު ހަވީރުގެ ދެވަނަ ދުވަހުވެސް މި ކުންފުނީގެ ސްޓޯލްތަކުގައި ކުރިއަށް ގެންދާ ކުޅިވަރުތަކާއި، ހަރަކާތްތަކަށް އާންމުންގެ ފަރާތުން ލިބިގެންދިޔަ ފޯރިގަދަ ތަރުހީބަށްޓަކައި ޝުކުރު ދަންނަވަން. މާދަމާއަކީ މި އީދު ހަވީރުގެ އެންމެ ފަހު ދުވަސް ކަމަށްވުމާއެކު، އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް މި ކުންފުނީގެ ސްޓޯލްތަކަށް ޒިޔާރަތްކޮށް، އަޅުގަނޑުމެންގެ މުވައްޒަފުންނާއެކު ތަފާތު ކުޅިވަރުތަކާއި ހަރަކާތްތަކުގައި ބައިވެރިވުމަށް އެންމެހައި ބޭފުޅުންނަށް ދައުވަތު އަރުވަން.

ޢީދުގެ މުނާސަބަތުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އީދު ހަވީރު"ގައި މިކުންފުނިން މި އަހަރުވެސް ބައިވެރިވެ އީ...
27/05/2026

ޢީދުގެ މުނާސަބަތުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އީދު ހަވީރު"ގައި މިކުންފުނިން މި އަހަރުވެސް ބައިވެރިވެ އީދު ހަވީރުގެ ފުރަތަމަ ދުވަހުގެ ހަރަކާތްތަށް އުފާވެރި ހިތްތަކަކާއެކު މިވަނީ ނިންމާލާފައި. އާއިލާތަކަށް އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މި ހަރަކާތުގެ ފުރަތަމަ ދުވަހު، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ބައިވެރިވެވޭނެ ތަފާތު ގިނަ ކުޅިވަރުތަކެއް ވަނީ ކުރިއަށް ގެންދެވިފައި.

27/05/2026

ސްޓެލްކޯ ޢާއިލީ ޢީދު މަޖާ!
މަޖާ ކުޅިވަރުތަކާއި ހަދިޔާތަކާއެކު މި ޢީދުގައި މުޅި ޢާއިލާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެއްވުމަށް ދަޢުވަތު އަރުވަން.
ޢީދު ހަވީރު 1447 | 27-29 މޭ 2026 | 16:00 - 18:00 | ހުޅުމާލެ، ސެންޓްރަލް ޕާކް

Address

Male'

Opening Hours

Monday 08:00 - 15:00
Tuesday 08:00 - 15:00
Wednesday 08:00 - 15:00
Thursday 08:00 - 15:00
Saturday 10:00 - 14:00
Sunday 08:00 - 13:00

Telephone

+9603320982

Alerts

Be the first to know and let us send you an email when State Electric Company Limited posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share