13/03/2026
ކައުންސިލް ލިބުނަސް ތަރައްގީއެއް ނުފެންނާނެ!
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ބޯކޮޅު ބަލައިލެވޭ ވަރަށް ގިނަގުނަ ވަައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު، ގައުމުގެ ތަރައްގީގެ ކޮން ކަމެއްތޯ ކުރެވުނީ؟
އަމަލީ ގޮތުން ފެންނަން އޮތް ތަރައްގީގެ މަޝްރޫއެއް ނެތް ތަނުގައި، ފެންނަން އޮތީ ހަމައެކަނި ރައްޔިތުންނަށް ކަންކަން އޮޅުވާލުމެވެ. ކޮންމެ ދުވަހަކު އާ ދޮގުތަކެއް ހަދައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތެވެ.
ކައުންސިލްތަކުގެ މެޖޯރިޓީ ލިބުނަސް، ތަރައްގީ ކުރާނެ ގޮތެއް ނުވަތަ އެކަމުގެ އިޚްލާސްތެރި ނިޔަތެއް މި ސަރުކާރުގެ ކިބަޔަކު ނެތެވެ. ތަރައްގީގެ ނަމުގައި ރައްޔިތުންނަށް ދެމުންދަނީ ހުސް އުންމީދުތަކެކެވެ.
ރައްޔިތުންނަށް އޮޅުވާލައި، ދޮގު ހެދުން ނޫން ކަމެއް ކުރަން ނުދަންނަ ބަޔަކަށް ގައުމުގެ ތަރައްގީ ހަވާލުކުރުމުގެ ނަތީޖާއަކީ މިއީއެވެ!