R. Innamaadhoo Women's Development Committee

Directions

R. Innamaadhoo Women's Development Committee Women's Empowerment in the Society

އ.ތ.މ ކޮމެޓީގެ ފަރާތުން ކަނބަލުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅު...
28/10/2026

އ.ތ.މ ކޮމެޓީގެ ފަރާތުން ކަނބަލުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ގެޒެޓް ލިންކް : https://www.gazette.gov.mv/iulaan/419470
ފޯމް : https://forms.gle/GgWsVux1JWiqBkEz8

Raa Atoll Office
Local Government Authority
Secretariat of North Maalhosmadulu Innamaadhoo Council

📅 25 އޮކްޓޫބަރ 2026އަޅުގަނޑުމެންގެ ލޯބިވާ އިސްރަށްވެހިންގެ ޙާލު ބަލާލުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެ...
28/10/2026

📅 25 އޮކްޓޫބަރ 2026

އަޅުގަނޑުމެންގެ ލޯބިވާ އިސްރަށްވެހިންގެ ޙާލު ބަލާލުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ކައުންސިލުން ކުރިއަށް ގެންދެވުނު ޚާއްސަ ޒިޔާރަތުގެ ތެރެއިން.

އެބޭފުޅުންނާއެކު ހޭދަވި ކޮންމެ ސިކުންތަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެ މޫނުތަކުން ފެނުނު އުފާވެރިކަން އަބަދުވެސް ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ އުންމީދެވެ.

Raa Atoll Office
Local Government AuthoritySecretariat of North Maalhosmadulu Innamaadhoo Council

📅 24 އޮކްޓޫބަރ 2026އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ކައުންސިލް ގުޅިގެން ބޭއްވުނު "އިސްރަށްވެހިންގެ ހ...
27/10/2026

📅 24 އޮކްޓޫބަރ 2026

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ކައުންސިލް ގުޅިގެން ބޭއްވުނު "އިސްރަށްވެހިންގެ ހަވީރު"

މި ހަރަކާތުގެ ތެރެއިން، އިސްރަށްވެހިންނަށް ހަނދާނީ ހަދިޔާ ވެދުމާކުރުމާއި، ޚާއްސަ ކޭކެއް ފެޅުމުގެ އިތުރުން ބޭއްވުނު ޚާއްސަ ސައެއްގައި، އެބޭފުޅުންގެ އަގުހުރި ތަޖުރިބާތަކާއި ހަނދާންތައް ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. މިއީ އެބޭފުޅުންނަށް ކުރާ އިޙުތިރާމާއި ލޯބި ރަމްޒުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ނުހަނު މުހިންމު ހަރަކާތެކެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ މި ލޮބުވެތި އިސްރަށްވެހިންނަށް ދިގު، ދުޅަހެޔޮ އަދި އުފާވެރި ހަޔާތެއް މިންވަރުކުރެއްވުމެވެ. އަޅުގަނޑުމެންނާއެކު ބައިވެރިވި ހުރިހާ މާމަމެންނާއި ކާފަމެންނަށް ނުހަނު ލޯތްބާއެކު ވަރަށް ބޮޑަށް ޝުކުރިއްޔާ!

Raa Atoll Office
Local Government Authority
Secretariat of North Maalhosmadulu Innamaadhoo Council

އ.ތ.މ ކޮމެޓީގެ ފަރާތުން  ކަބަލުންނަށް ޙާއްސަކޮށްގެން "ވަންޑޭ ކަޕް ވޮލީ މުބާރާތް" ނަމުގައި ވޮލީ މުބާރާތެއް ބޭއްވުމާއި ގުޅ...
27/10/2026

އ.ތ.މ ކޮމެޓީގެ ފަރާތުން ކަބަލުންނަށް ޙާއްސަކޮށްގެން "ވަންޑޭ ކަޕް ވޮލީ މުބާރާތް" ނަމުގައި ވޮލީ މުބާރާތެއް ބޭއްވުމާއި ގުޅޭ:

ގެޒެޓް ލިންކް : https://www.gazette.gov.mv/iulaan/419276
ޤަވާއިދު : https://drive.google.com/file/d/1TT1kNu0kX0Offuce94Wz5k3HOrmgvYbX/view?usp=sharing
ފޯމް : https://drive.google.com/file/d/15UBLdeO-bh7DGF_74FW_DEd9Nvr7kut2/view?usp=sharing

Local Government Authority
Raa Atoll Office

📅14 އޮކްޓޯބަރ 2026 އ.ތ.މ ކޮމެޓީ އާއި Swim Maldives ގުޅިގެން ކުރިއަށް ގެންދެވުނު ހޭލުންތެރިކުރުވުމުގެ ސެޝަން.Local Govern...
18/10/2026

📅14 އޮކްޓޯބަރ 2026

އ.ތ.މ ކޮމެޓީ އާއި Swim Maldives ގުޅިގެން ކުރިއަށް ގެންދެވުނު ހޭލުންތެރިކުރުވުމުގެ ސެޝަން.

Local Government Authority
Raa Atoll Office
Secretariat of North Maalhosmadulu Innamaadhoo Council

10/10/2026
📅 10 ސެޕްޓެމްބަރ 2026އިންނަމާދޫގެ އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވުނު ސައިބަރ ސޭފްޓީއަށް ހޭލުންތެރިކުރުމުގެ ސެޝަންގެ ...
10/10/2026

📅 10 ސެޕްޓެމްބަރ 2026

އިންނަމާދޫގެ އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވުނު ސައިބަރ ސޭފްޓީއަށް ހޭލުންތެރިކުރުމުގެ ސެޝަންގެ ތެރެއިން!

އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިސްނަގައިގެން، ރ. އިންނަމާދޫ ޕޮލިސް ޕޯސްޓާ ގުޅިގެން ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ސައިބަރ ސޭފްޓީއަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ އިންޓަނެޓާއި ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ރައްކާތެރިވާނެ ގޮތްތަކާއި، އޮންލައިންކޮށް ހިންގާ އެކި ބާވަތުގެ ސްކޭމްތަކާއި މަކަރާއި ހީލަތްތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އަހުލުވެރިކުރުވުމެވެ.

މި ސެޝަން ފުރިހަމަކޮށްދެއްވި ކަމަށްޓަކައި އިންނަމާދޫ ޕޮލިސް ޕޯސްޓުގެ އޮފިސަރުންނަށާއި، ވަގުތު ދެއްވައިގެން ސެޝަންގައި ބައިވެރިވެވަޑައިގެންނެވި އެންމެހައި ލޮބުވެތި ކަނބަލުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

Raa Atoll Office
Local Government Authority
Secretariat of North Maalhosmadulu Innamaadhoo Council

📅 25 އޯގަސްޓް 2026އ.ތ.މ ކޮމެޓީގެ 4 ވަނަ ޤުރްއާން މުބާރާތުގެ އިނާމު ދިނުމުގެ ޙަފްލާގެ ތެރެއިން!މި މުބާރާތުގެ އެކި އެކި ވަ...
10/10/2026

📅 25 އޯގަސްޓް 2026

އ.ތ.މ ކޮމެޓީގެ 4 ވަނަ ޤުރްއާން މުބާރާތުގެ އިނާމު ދިނުމުގެ ޙަފްލާގެ ތެރެއިން!

މި މުބާރާތުގެ އެކި އެކި ވަނަތައް ހާސިލުކުރި ހުރިހާ ދަރިވަރުންނަށް ފަށްފަށުން މަރުޙަބާއާއި ތަހުނިޔާ އަރިސްކުރަމެވެ! އަދި މި މުބާރާތުގައި ބައިވެރިވި ހުރިހާ ކުދިންނަށާއި، ކުދިން ތައްޔާރުކުރުމުގައި ބުރަ މަސައްކަތްކޮށްދެއްވި ބެލެނިވެރިންނާއި މުދައްރިސުންނަށް އިޚްލާޞްތެރި ޝުކުރު ދަންނަވަމެވެ.

ހުރިހާ ދަރިވަރުންނަށްވެސް ކީރިތި ޤުރްއާން އުނގެނުމުގައާއި ދިރިއުޅުމުގެ އެކި މައިދާންތަކުގައި އިތުރު ކާމިޔާބީއާއި ބަރަކާތް މިންވަރުކުރައްވާށި! އާމީން.

Raa Atoll Office
Local Government Authority
Secretariat of North Maalhosmadulu Innamaadhoo Council

އ.ތ.މ ގެ 4 ވަނަ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން 📅 25 އޯގަސްޓް 2026Raa Atoll OfficeLocal Government ...
10/10/2026

އ.ތ.މ ގެ 4 ވަނަ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

📅 25 އޯގަސްޓް 2026

Raa Atoll Office
Local Government Authority
Secretariat of North Maalhosmadulu Innamaadhoo Council

Address

Male
05100

Website

Alerts

Be the first to know and let us send you an email when R. Innamaadhoo Women's Development Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share