26/02/2026
ދަތި އަދި ނިކަމެތި ހާލުގަ ދިރިއުޅޭ އާއިލާތަކެެއް އަހަރެމެންގެ ދިވެހި ފަސްގަނޑުގައި ވެސް އެބަ އުޅޭ. އެމީހުންގެ ވާހަކަ އަޑު އަހާލާ އެމީހުންގެ ހާލަތާ މެދު ކުޑަކޮށް ފިކުރުކޮށްލާއިރު މި ދޭހަވެގެން ދަނީ އަދި އެ ޙާލަތުން އަރައިގަންނަން އެތައް އަހަރުތަކެއް ނަގާފާނެކަން. މީގެ ސަބަބުން އެތަކެއް ތުއްތު ކުދިންގެ މުސްތަޤްބަލް އެބަ ބަނަވޭ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ބުރުއަރާ. މިފަދަ ކަންކަމަށް ހޯދޭނެ ހައްލަކާ މެދު މަޝްވަރާކޮށް ކުރިން ކުރެވިފަ ހުރި ކާމިޔާބު މަސައްކަތްތަކަށް ވިސްނާލުމުން، އަހަރެމެން މިފަދަ އާއިލާތަކަށް ހެޔޮ ބަދަލެއް ގެންނަން ބޭނުން ނަމަ ހާލަތު ބަދަލުކުރަން މަސައްކަތް ކޮށްދޭން ޖެހޭކަން ދޭހަވެގެން ދޭ. މިއީ އެންމެންވެސް ސަމާލުކަން ދިނުން މުހިންމު ޒިންމާއެއް.
"އެހީ ވާނަން" ކެމްޕޭނުގެ ތެރެއިން މާތް ﷲގެ ހެޔޮ ރަޙްމަތުން ގިނަ އާއިލާތަކެއްގެ ޙާލަތު ބަދަލުކޮށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނު. މިއީ ދެމެހެއްޓެނިވި ގޮތަކަށް މި މަސައްކަތް ކުރުމަށް ރޭވިފައިވާ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށް ބެލެވޭ އެންމެ ރަނގަޅު ގޮތް.
އަދިވެސް އެކި އަތޮޅުތަކުންނާއި ރަށްތަކުން މިފަދަ އާއިލާތަކުގެ ވާހަކަ އެހީ ޖަމިއްޔާއާއި ހަމައަށް އައިސްފައި އެބަހުރި. މިކަމުގައި ބޭނުންވަނީ ނިކަމެއްޗެއްގެ ހަޔާތް ބަދަލުކޮށްލުމުގެ ޝައުގާއި އުންމީދު ހުރި ބޭފުޅުންގެ ހިތްވަރެއް. މާތް ﷲގެ އިރާދަފުޅާއެކު އެހީ ޖަމިއްޔާގެ ޓީމުން މަސައްކަތް ނިންމާނީ ދެން އޮތް ޢާއިލާއަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ އުންމީދުގަ. މިއީ ހުއްޓާލެވޭނެ މަސައްކަތެއް ނޫން.
މިފަދަ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުން ނަމަ ތިރީގައިވާ އެކައުންޓަށް ޓްރާންސްފަރ ކުރައްވާ ނުވަތަ ޖަމިއްޔާގެ ހޮޓްލައިން 7803433 އަށް ގުޅާލައިގެން ކުރިޔަށް ގެންދަވާ!
ބޭންކް: ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަމްބަރ: 7770000014819
އެކައުންޓް ނަން: އެހީ ޖަމިއްޔާ
*މިފަދަ އިތުރު ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ލިބިގެންދާ ފައިސާގެ %12.5 ހަރަކާތް ރާވާ ހިންގުމުގެ ޚަރަދުތަކަށް ބޭނުންކުރެވިގެން ދާނެއެވެ.