Aishath Mamdhooha75

Aishath Mamdhooha75 This page is about social issues in Maldives.

21/11/2023

Miyothi dhen mimeehunge nohoruhpaanjehifa.

Anhenun nah furahsaarakuraa meehun nah varah furusathu boduvey migaumuga
21/11/2023

Anhenun nah furahsaarakuraa meehun nah varah furusathu boduvey migaumuga

އަންހެން ކަނބަލެއްގެ ބަޑުގައި ކޮއްޓެވި (ބީކޭ) ފަހުމީ އަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން މުއިއްޒު ދެއްވުމުން ރައްޔިތުން ނުރުހުން އަމާޒުވާން ފަށައިފި!

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ފެންމަތިވި ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން އެ މަގާމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަން މި ސަރުކާރުގެ ސިޔާސީ މަގާމަކަށް އައްޔަނުކުރުމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެގެ ވަގުތެއްގައި އޭނާ އައްޔަނުކުރީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށެވެ.

ނޮވެމްބަރު 28, 2013 ގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އޭނާ އައްޔަނުކުރީ މެލޭޝިއާގައި ހުންނަ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމަށެވެ.

ފަހުމީއަށް މަގާމު ދިންކަން އިއުލާނުކޮށް ރައީސް އޮފީހުގެ އޮފިޝަލް އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓަށް އާންމުން ވަނީ ރައީސް މުއިއްޒު އަށާއި އެމަނިކުފާނުގެ ސަރުކާރަށް އަމާޒުކޮށް ފާޑުކިޔާފަ އެވެ. އަދި, މިއީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ވައުދާއެކު އައި ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައި ވެ އެވެ.

”އަޅުގަނޑަށް އެނގޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވީ މަގާމުތަކަށް އައްޔަނުކުރާނީ އެންމެ ގާބިލު މީހުން ކަމަށް. މިއީތޯ އަޅުގަނޑުމެންނަށް ލިބޭ ބަދަލަކީ؟ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ޖިންސީ ފުރައްސާކުރާ މީހެއް؟ މިކަން ބަލައެއް ނުގަނެވޭނެ,“ އެކްސްގައި އަންހެނަކު ބުނެފައިވެ އެވެ.

ބައެއް ފަރާތްތަކުން ވަނީ މިއީ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބުނެ ފަހުމީއަކީ ”ދައުލަތަށް ބަލަދު އަރާ“ މީހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

”އަޅުގަނޑުމެންގެ ގައުމަކީ ޖިންސީ ފުރައްސާކުރާ މީހުންނަށް ފުރުސަތުތައް ފަހިކޮށްދީ އަންހެނުންގެ ބާރުވެރިކަމުގެ ވާހަކައަކީ ހަމައެކަނި ވޯޓު ހޯދަން ދައްކާ ވާހަކައެއްގެ ގޮތުގައި އޮންނަ ގައުމެއް,“ އެހެން މީހަކު އޭނާގެ ހިޔާލު ފާޅުކުރަމުން ބުނެފައި ވެ އެވެ.

”ސަރުކާރުތައް ބަދަލުވޭ, އެކަމަކު ޖިންސީ ފުރައްސާރަ އާއި މަގާމުގު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ފިރިހެނުން ތިބެނީ މަގާމުތަކުގައި,“ އެކްސަގައި މީހަކު ބުނެފައި ވެ އެވެ.

ސީއެސްސީގެ ރައީސްގެ މަގާމުން ފަހުމީ ވަކިކުކުރުން
ފަހުމީގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފެށީ ޖޫން 4, 2012 ގައި އޭނާއާ ގުޅޭގޮތުން ސީއެސްސީގެ އަންހެން މުވައްޒަފަކު ހުށަހެޅި ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުންގެ އިދާރާއިން ވެސް ކުރި އެވެ.

އެ މައްސަލަ ހުށަހެޅި އަންހެން މުވައްޒަފާއި ފަހުމީގެ ބަސް ވެސް ޖޫން 11, 2012 ގައި އޮތް ކޮމިޓީ ބައްދަލުވުމުގައި ނަގާފައިވެ އެވެ. އޭގެ އިތުރުން, ސީއެސްސީގެ އެހެން މެމްބަރުންނާއި މައްސަލަ ހުށަހެޅި އަންހެން މުވައްޒަފުގެ ލިޔުމުގައި ފާހަގަކޮށްފައިވާ އެހެން މީހުންނާއި ވެސް ކޮމިޓީން ބައްދަލުކޮށްފައިވެ އެވެ. އެގޮތުން, އަށް މީހަކާ ބައްދަލުކުރިއިރު އޭގެ ތެރޭގައި ދެ ފިރިހެނުންނާއި ހަ އަންހެނުން ހިމެނެ އެވެ.

އެއަށްފަހު ޖޫން 26, 2012 ގައި އޮތް ކޮމިޓީ ބައްދަލުވުމުގައި މައްސަލައާ މެދު ކޮމިޓީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތާ މެދު ވޯޓަށް އަހާފައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެ ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން މުގައްރިރުގެ މަގާމުގައި ހުންނެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކުއްޓި ނަޝީދު) ހާމަކުރެއްވި ގޮތުގައި ފަހުމީ އެފަދަ އަމަލެއް ކުރެއްވި ކަން ކޮމިޓީގެ ހޯދުންތަކުން ސާބިތުވާކަމަށް ކޮމިޓީގައި ތިއްބެވި 10 މެމްބަރުންގެ ތެރެއިން ހަތް މެމްބަރަކު ވޯޓު ދެއްވި ކަމަށެވެ.

”[މައްސަލަ ހުށަހެޅި އަންހެން މުވައްޒަފު] ގެ ގައިގައި އެއްވެސް ގޮތަކަށް އަތްލާފައި ނުވާނެ ކަމަށް ކޮމިޓީގައި މުތުލަގަށް ފަހުމީ ވިދާޅުވިއިރު, ކަންހިނގި ދުވަހާ ވިދިގެން އައި ދުވަހު ކޮމިޝަނުގެ އެހެން ދެ އަންހެން މެމްބަރުން ކަމަށްވާ ހަދީޖާ އާދަމާއި, ޖަމީލާ އަލީ ހާލިދުގެ އަރިހުގައި [މައްސަލަ ހުށަހެޅި އަންހެން މުވައްޒަފު] އަތުގައި ހިފައިލެވުނުހެން ހީވިއޭ ކަހަލަ އިބާރާތެއް ފަހުމީ ވިދާޅުވި,“ އެ ރިޕޯޓު ތަޅުމަށް ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.

އެއާއެކު އޭނާ މަގާމުން ވަކިކުރުމަށް ފަސް މެމްބަރަކު ތާއީދު ކުރެއްވިއިރު ޖިނާއީ ތަހުގީގު ނިމެންދެން ފިޔަވަޅު ނާޅައި ލަސްކުރުމަށް ވެސް ފަސް މެމްބަރަކު ވޯޓު ދެއްވި އެވެ. ވޯޓު އެއްވަރުވުމުން މުގައްރިރު ނަޝީދު ވޯޓު ދެއްވީ ފަހުމީ މަގާމުން ވަކިކުރުމަށެވެ.

”އެ ވާހަކަ ހަދީޖާ އާދަމާއި, ޖަމީލާ އަލީ ހާލިދާ އިސްވެ ހިއްސާ ކުރެއްވީ ފަހުމީ ކަމަށާއި, އެ ވާހަކަ ދެއްކެވުމުގައި ފަހުމީއަށް [މައްސަލަ ހުށަހެޅި އަންހެން މުވައްޒަފު] ގެ އަތުގައި ވެސް ހިފުނު ކަންނޭނގެ ކަމަށް ވިދާޅުވި ކަމަށާއި, އެހެން ނަމަވެސް, [މައްސަލަ ހުށަހެޅި އަންހެން މުވައްޒަފު] ގެ ބަނޑުގައި އަތް ނުލާ ކަމަށް ފަހުމީ ވިދާޅުވި,“ ރިޕޯޓު ހުށަހަޅުއްވަމުން ނަޝީދު ތަފްސީލުކޮށްދެއްވާފައިވެ އެވެ.

މި ރިޕޯޓު މަޖިލީހަށް ހުށަހެޅީ ނޮވެމްބަރު 20, 2012 ގަ އެވެ. އެ ދުވަހު ނެގި ވޯޓުގައި މަޖިލީހަށް ހާޒިރުވެ ތިއްބެވި 74 މެމްބަރުންގެ ތެރެއިން 38 މެމްބަރުން އޭނާ މަގާމުން ވަކިކުރަން ވޯޓު ދިނެވެ. އޭނާ މަގާމުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 32 މެމްބަރުންނެވެ. އަދި ދެ މެމްބަރަކު ވަކި ކޮޅަކަށް ވޯޓު ދެއްވާފައި ނުވެ އެވެ.

ފަހުމީ މަގާމުން ވަކިކުރީ ދުސްތޫރީ އުސޫލުތަކުގެ ބޭރުން ކަމަށާއި, ގާނޫނު އަސާސީގެ ބޭރުން ކަމަށް ބުނެ އޭނާ ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޑިސެމްބަރު 11, 2012 ގައި މައްސަލައެއް ހުށަހެޅި އެވެ.

އަދި, އެ މައްސަލަ ސުޕްރީމް ކޯޓުން އޭނާއާ އެއްކޮޅަށް މާޗު 14, 2013 ގައި ނިންމާފައި ވެ އެވެ. ހަތް ފަނޑިޔާރުގެ ބެންޗުން ތަފާތުވީ ހަމައެކަނި މިހާރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ރައުޔެވެ.
Aishath Mamdhooha75

20/11/2023

ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށާ، ރާއްޖޭގެ ސަލާމަތާ ސިޔާދަތީ މިނިވަންކަން ދިފާޢު ކުރުމުގެ ފުރިހަމަ ބާރު ދިވެހި އަސްކަރިއްޔާ އަށް އޮތް ކަމަށް ޢަބްދުއްރަޙީމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިޔަސް، ރައީސް މުޢިއްޒު އޭރު އެވާހަކަ ގަބޫލެއް ނުކުރައްވައެވެ.

ޖެނެރަލް ޢަބްދުއްރަޙީމް އެހެން ވިދާޅުވާއިރަށް ފޮނަދޫ ޢަބްދުއްރަޙީމް އެވާހަކަ ދޮގުކުރައްވައެވެ. ދިވެހިސިފައިންގެ ބަހަށް އިތުބާރު ނުކުރެއްވި ބޭފުޅަކު ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ވެއްޖެއެވެ. ރައީސް މުއިއްޒު ހުވާ ކުރައްވާ މާގިނައިރެއް ނުވެ ސިފައިންގެ ވެރިކަން އެދެއްވީ އެވިދާޅުވާ އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަމަށް އޭރުވެސް މިހާރުވެސް ވިދާޅުވާ ޖެނެރަލް ޢަބްދުއްރަޙީމަށެވެ.

07/09/2023

ރ.ޔާމީން ފޮނުންވި ނޯޓް ވަރަށް ސާފު ދެއްތޯ؟ Adhadhu 🩵🩷

02/08/2023
27/07/2023

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން ހުޅުމާލެ ފޭސް 1 ގައި ހިންގި ބަނގުރަލާއި

Address

Male
20002

Telephone

+9607778959

Website

Alerts

Be the first to know and let us send you an email when Aishath Mamdhooha75 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aishath Mamdhooha75:

Share

Category