31/12/2025
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ކޮންގްރެސްޕާޓީ ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވަމުން ގެންދަވާ މި ޕާޓީގެ ޚިދުމަތްތެރި މެންބަރު ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމްގެ ކުއްލި ވަކިވެ ދިޔުމަކީ، މި ޕާޓީގެ މެންބަރުންނަށް ލިބުނު ނުހަނު ބޮޑު ހިތާމައެއް.
ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. ކެލާ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ވާދަކުރެއްވުމަށާއި، މި ޕާޓީއަށް ބޮޑު ކާމިޔާބެއް އެ އިންތިޚާބުގައި ހޯއްދަވައި ދެއްވުމަށް، ދުނިޔެ ދޫކުރެއްވުމާ ހަމަޔަށްވެސް ފައްތާޙު ގެންދެވީ މަސައްކަތް ކުރައްވަމުން.
މިއީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަކީން ޚާއްޞަކޮށް ފިލްމު އުފެއްދުމުގެ މަސައްކަތަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް.
މި ހިތާމަވެރި ދަނޑިވަޅު މަރްޙޫމް ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން.