22/05/2024
މިކަންކަމަށް ސަމާލުވޭ!
●މޫސުމާ ބެެހޭ ގައުމީ އިދާރާއިން ނެރޭ ސަމާލުތަކަށް ހާއްސަ ސަމާލުކަންދީ އެއާ އެއްގޮތަށް އަމަލުކުރުމަކީ ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅެކެވެ.
●އެގޮތުން ރީނދޫ، އޮރެންޖު އަދި ރަތް ސަމާލު ނެރެފައިވާނަމަ އެ ސަރަހައްދަކަށް ދަތުރަށް ނުފުރުމަށް އިލްތިމާސްކުރަމެވެ.
●މި ކުލަތަކުގެ ސަމާލުތައް ނެރެފައިވާނަމަ، ނުވަ މީޓަރަށްވުރެ ކުދި އުޅަނދުގައި މީހުން އުފުލުމާއި އެ ފަދަ އުޅަނދު ދުއްވުމަކީ މަނާކަމެކެވެ. ●ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގެ ކެޕްޓަން އަދި އުޅަނދުން ދަތުރުކުރާ މީހުންވެސް، ދަތުރުކުރާ ސަރަހައްދުގެ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި މޫސުން ކުރިއަށް ލަފާކުރާގޮތް ބަލަންވާނެއެވެ.
● ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފަޅުވެރިންނަށާއި އުޅަނދުން ދަތުރުކުރާ މީހުންނަށް އުޅަނދުގެ ކެޕްޓަން މައުލޫމާތު ދޭންވާނެއެވެ. ދަތުރަށް ފުރުމުގެ ކުރިން އުޅަނދުން ދަތުރުކުރާ އެންމެންވެސް ލައިފްޖެކެޓު އަޅަންވާނެއެވެ.
●އުޅަނދު އޮޕަރޭޓުކުރާ މީހުންނަށް ނުވަތަ އުޅަނދުގެ ވެރިފަރާތަށް ދަތުރާގުޅޭ މައުލޫމާތު ދޭންވާނެއެވެ.
●ދަތުރުގެ މެނިފެސްޓު ނުވަތަ ލިސްޓު ތައްޔާރުކޮށް، އުޅަނދު އޮޕަރޭޓުކުރާ ފަރާތަށް ނުވަތަ އުޅަނދުގެ ވެރިފަރާތަށް ހިއްސާކުރަންވާނެއެވެ.
●މީހުން އުފުލުމަށް އަދި މުދާ ބަރުކުރުމަށް އެ އުޅަނދަކަށް ހުއްދަދީފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުކުރުމާ އަދި މީހުން އުފުލުމަކީ މަނާކަމެއްކަމާއި އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސްކުރަމެވެ.