PNC Hulhudhoo

PNC Hulhudhoo Committed to unity, transparency, and real progress for Addu Hulhudhoo

14/11/2026
      Dr Mohamed Muizzu Mohamed Shahid
13/11/2026

Dr Mohamed Muizzu Mohamed Shahid

13/11/2026

ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަޙްނިޔާ ދަންނަވަން. މިނިވަންކަމާއި ސިޔާދަތު އަދި މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހިތްވަރުގަދަ ޖިހާދެއް ކުރައްވާ، މަލާބާރީންގެ ވަކިތަކުން މިޤައުމު ސަލާމަތްކުރެއްވި ޤައުމީ ބަޠަލު ދޮންބަންޑާރައިން ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވާށި!

ހުރަވީ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނަ އިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި، އަޅުގަނޑުމެން މިއަދު މިނިވަންކަން ދިފާޢުކުރަން ޖެހޭ ގޮތާ މި ކަންކަމަށް ފުންކޮށް ވިސްނުން ވަރަށް މުހިންމު. ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލުގެ މޫނު އުޖާލާކުރަން އެބަޖެހޭ.

ސިޔާސީ ޖަޒުބާތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެން އެބަ ޖެހޭ. ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަން އެބަ ޖެހޭ. ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން އެބަ ޖެހޭ. ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔާން އެބަ ޖެހޭ.

އޯގާވަންތަ ﷲ މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ވިސްނުމާއި ތައުފީޤު ދެއްވާށި! ދިވެހި ޤައުމަށް ކުރިއެރުމާއި ކާމިޔާބީ ދެއްވާށި! އާރޯކަމާއި ތާޒާކަން ދެއްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުގެ އަބަދަށް ލަހައްޓަވާށި! އާމީން.

12/11/2026

Maldives is not asking for sympathy, but for justice, responsibility, and meaningful climate action - President Dr Muizzu


Address

Seenu Hulhudhoo
Male
10906

Website

Alerts

Be the first to know and let us send you an email when PNC Hulhudhoo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share