19/11/2026
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ހއ އަދި ހދ ޕޮލިސް ގުޅިގެން، ހއ.ބާރަށު ސްކޫލް ގެ ބެލެނިވެރިންނަށް ވަނީ ހޭލުންތެރިކުރުމުގެ ސެޝަނެއް ބޭއްވިފައެވެ. މި ސެޝަނުގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދީފައިވަނީ ހެޔޮގޮތުގައި ސްކްރީން ޓައިމް ބޭނުންކުރުމާއި ގުޅޭގޮތުންނެވެ. އަދި ކުދިން ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރާއި، ލޯތްބާއި އަޅާލުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ. މި ސެޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ބާރަށު ސްކޫލުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.